ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދަމުންދާ މީހަކު ހޯދުމަށް ފުލުހުން ވީޑިއޯ އާއްމުކޮށްފިއެވެ.
ފުލުހުން ބުނީ، އެ ވީޑިއޯއިން ފެންނަ މީހަކީ، މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގެ ވަގުތެއްގައި ޑޮލަރު ހޯދައިދޭނެ ކަމަށް ބުނެ މަކަރާއި ހީލަތުން ބިދޭސީއެއްގެ އަތުން ފައިސާތަކެއް ހޯދާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅައި، އެ މައްސަލައިގެ އިންސިޑެންޓް ނަންބަރު ބުނުމަށްފަހު، އެ މައުލޫމާތެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 485538 އެވެ.
ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގައި މަކަރާއި ހީލަތް ހަދަމުންދާ ކަމުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ. އެގޮތުން ވައިބާ އަދި ޓެލެގުރާމް ގުރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާ ކަމާއި ޑޮލަރު ދޭނެ ކަމަށް ބުނެ ދިވެހި ރުފިޔާ އަތުލުމަށްފަހު ޑޮލަރު ނުދޭ މައްސަލަތައްވެސް ހުށަހެޅެމުންދާ ކަމަށް ފުލުހުން ބުނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު