ޗުއްޓީއަށް ރާއްޖެ އިން އިންޑިއާއަށް ދަތުރުކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އަންނަ ހަފްތާ ބަންދުގައި އެ ގައުމުގެ ކޮޗިންނަށާއި ޓްރިވެންޑްރަމަށް ދެ ފްލައިޓް ބޭއްވުމަށް މޯލްޑިވިއަން އިން ނިންމައިފި އެވެ.
މޯލްޑިވިއަން އިން ބުނީ، އަންނަ ހަފްތާގެ ހުކުރު ދުވަހު ކޮޗިން އަށް އަދި ހޮނިހިރު ދުވަހު ޓްރެވިންޑްރަމަށް އިތުރު ދެ ފަލްއިޓް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މޯލްޑިވިއަން އިން މިހާރު ވެސް ކޮންމެ ހަފްތާއަކު ޓްރެވިންޑްރަމަށް ދެ ދަތުރު އަދި ކޮޗިންއަށް އެއް ދަތުރު ކުރަމުން އައި ނަމަވެސް ސްކޫލް ބަންދާ ދިމާކޮށް ވަނީ އިތުރު ފްލައިޓްތަކެއް ބާއްވަން ނިންމާފަ އެވެ. ގިނަ އަދަދެއްގެ އިންޑިއާ ޓީޗަރުން ރާއްޖޭގައި މަސައްކަތްކުރަމުންދާއިރު އެ މީހުން އަނބުރާ ގައުމަށް ދިއުމަށް ބޭނުންވެގެން ވަނީ ރިކުއެސްޓް ކޮށްފަ އެވެ.
މޯލްޑިވިއަން އިން އިންޑިއާއަށް އިތުރު ދެ ފްލައިޓް ބޭއްވުމަށް ހަމަޖެއްސި ނަމަވެސް ދަތުރުކުރެވޭނީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ހެލްތް ޕްރޮޓެކްސަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ގިއިޑްލައިންތަކަށް ފެތޭ ފަރާތްތަކަށް އެކަންޏެވެ.
މޯލްޑިވިއަން އިން ބުނީ، އެ ދެ ފްލައިޓު ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ދަތުރުތައް ބާއްވަނީ ސްކޫލު ބަންދާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު