ތ. ވަންދޫގެ އަމިއްލަ ޖަމިއްުޔާއެއް ކަމަށްވާ "ވަންދޫ އައިލެންޑް ޑިވެލޮޕްމަންޓް ސޮސައިޓީ (ވިޑްސް)"ގެ ފަރާތުން އެރަށުގައި ގިރާއަތު ލެވެލް 1ގެ ކޯހެއް ފަށައިފިއެވެ.
ވިޑްސް އިން އެ ކޯސް ކުރިއަށް ގެންދަނީ ފުޅާ ދާއިރާއެއްގައި ގިރާއަތު ކޯސްތަކާއި ގުރުއާން ކޯސްތައް ހިންގަމުން އަންނަ ލ. ފޮނަދޫ، ބާބުލް ގުރުއާން ކުލާހާ ގުޅިގެންނެވެ.
ހަތާވީސް ބައިވެރިންނާއެކު ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ކޯހަކީ ބޮޑެތި މީހުންނާއި ގުރޭޑް ހަތަކުން މަތީގެ ދަރިވަރުންނަށް އަމާޒު ކޮށްގެން ކުރިއަށް ގެންދާ ކޯހެކެވެ.
ވިޑްސް އިން ބުނީ އެ ކޯސް ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލު ކުރާ ސެޓްފިކެޓެއް ލިބިގެންދާނެ ކަމަށެވެ.
"މި ކޯސް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ބައެއްގެ އެއްބާރުލުން ލިބޭ. އުންމީދަކީ މި ކޯސް ކާމިޔާބުކަމާއެކު ނިމި ގިރާއަތު މަތީ ލެވެލްގެ ކޯސްތަކެއް ވަރަށް އަވަހަށް ފެށިގެން ދިއުން" ވިޑްގެ ރައީސް މުހައްމަދު އިނާޒް ވިދާޅުވިއެވެ.
ވިޑްސްއަކީ 2001 ވަނަ އަަހަރު ރަޖިސްޓްރީ ކޮށްފައިވާ މަދަނީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާ އިން ވަނީ ވަންދޫގެ ތަރައްގީއަށް މީގެ ކުރިންވެސް ގިނަ މަސައްކަތް ތަކެއް ކޮށްދީފައެވެ. ހާއްސަކޮށް ތައުލީމީ ގޮތުން މީހުން ބިނާކުރުމަށް އެ ޖަމިއްޔާ އިން އެތައް މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު