ބަތަލާ އާމިނަތު ރިޝްފާ ގައުމީ ހިދުމަތުގައި ދިވެހި ރެޑްކުރެސެންޓުގެ މަސައްކަތްތަކުގައި އުޅޭ ފޮޓޯތަކެއް މިވަނީ ފޭސްބުކުގައި އާއްމުވެފައެވެ.
ޕަބްލިކް ޕޭޖެއް ކަމަށްވާ މިނިސްޓްރީ އޮފް ޖުހާ ގައި ރިޝްފާ ރެޑް ކްރެސެންޓާ ގުޅިގެން މަސައްކަތްކުރާ ފޮޓޯތަކެއް ވަނީ ހިއްސާކޮށްފައެވެ.
މޯލްޑިވްސް ރެޑްކްރެސެންޓުގައި ހީވާގި ކަމާއެކު މަސައްކަތްކުރަމުން އަންނަ މި ބަތަލާ މީގެ ކުރިން އެޖަމިއްޔާއަށް ދީފައިވާ އިންޓަވިއުއެއްގައި ވޮލަންޓިއާ ކުރުމުގެ އެންމެ ރަނގަޅު ބޭނުމަކީ ބޭނުމެއް ޖެހިފައި ހުރި މީހަކަށް އެހީތެރިވެދިނީމަ އެ ކުރެވޭ އިހުސާސު ކަމަށް ބުނެފައިވާކަމަށް އެޕޭޖުގައި ބުނެފައިވެއެވެ.
އާއްމުކޮށްފައިވާ ފޮޓޯތަކުގައި ރިޝްފާ ކޮވިޑުގެ ހާލަތުގައި ރެޑްކްރެސެންޓާއިއެކު ވަރަށް ބުރަކޮށް މަސައްކަތް ކުރާތަން ފެނެއެވެ. ރިޝްފާގެ މަސައްކަތް ބަލައިގަނެ އެ ޕޭޖުގައި މީހުން އޭނާގެ އަގުވަޒަން ކޮށްފައިވާތީ ރިޝްފާ ވަނީ ޝުކުރު އަދާކޮށްފައެވެ.
ކޮންމެއަކަސް މިއީ މިއަދުގެ ޒުވާނުންނަށް ނަމޫނާ މަންޒަރެކެވެ. މިއަދު ގައުމު އެދި ގޮވަނީ ޒުވާނުންގެ އެހީތެރިކަމާއި އެއްބާރުލުމަށެވެ. ހުރިހާ ދާއިރާއެއްގެ މީހުންވެސް ގަުއމީ ހިދުމަތަށް ނުކުންނަން ވީއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން