ށ. ޅައިމަގު ސްކޫލުގައި މަަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިޒްރާއިލަށް ތާއީދުކޮށް ޝުއޫރު ފާޅު ކުރުމުން ސްކޫލަށް ކިޔަވައިދޭން ނުދެވޭ ގޮތަށް ސަސްޕެންޑް ކޮށްފި އެވެ.
ޅައިމަގު ސްކޫލް ޕްރިންސިޕަލް މުހައްމަދު ފަޔާޒް "ވަން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެ ސްކޫލުގައި މަސައްކަތް ކުރާ އިންޑިއާ ޓީޗަރަކު އިޒްރޭލަށް ތާއީދުކޮށް އޭނާގެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރި މައްސަލައެއް ހުށަހެޅުނު ކަމަށެވެ. އަދި އެކަމާ ގުޅިގެން އެ މައްސަލަ މިނިސްޓްރީ އަށް ހުށަހަޅައި އޭނާ މަސްއޫލިއްޔަތު ތަކުން އެކަހެރިކޮށް ސަސްޕެންޑް ކުރި ކަމަށެވެ.
ފަޔާޒް ވިދާޅުވީ އޭނާ ވަކި ކުރުމުގެ ބާރު ސްކޫލަށް ލިބިގެން ނުވާ ކަމަށާއި މިނިސްޓްރީން އެކަން ބަލަމުން އަންނަ ކަމަށެވެ.
މި ޓީޗަރު ރަށުގައި ހުންނަން ރަށުގެ ރައްޔިތުން ބޭނުން ނުވާތީ ފުލުހުން ގޮސް އޭނާ ރަށުން ގެންގޮސްފައިވާ ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.
ފުލުހުން ބުނީ ޅައިމަގުގައި ހުރި ބިދޭސީ ޓިޗަރަކާ މެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުމުން އެ ޓީޗަރަށް ރައްކާތެރިކަން ދިނުމަށް ފުލުހުންގެ އެހީގައި އޭނާ ރަށުން ބާލުވާފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު