މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ހާއްސަ ދެ ފްލައިޓެއް ބާއްވަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން ބުނީ، އެ ދެ ފްލައިޓު ބާއްވަން ހަމަޖައްސާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުއެވެ. އެ ދަތުރުތައް ބާއްވަނީ ސްކޫލު ބަންދާ ގުޅިގެންނެވެ.

ޓްރިވެންޑްރަމާއި ކޮޗިންއަށް ބާއްވަން ހަމަޖައްސާފައިވާ ފްލައިޓުތަކުގެ ޓިކެޓު ގަންނަން ބޭނުންވާ މީހުންނަށް މޯލްޑިވިއަންގެ އޮފީހުން ޓިކެޓު ގަނެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަން އިން އިންޑިއާގެ ޓްރިވެންޑްރަމާއި ކޮޗިންއަށް ހާއްސަ ދެ ފްލައިޓު ބާއްވަން ހަމަޖައްސާފައިވާ އިރު، ޓިކެޓުގެ އަގުތަކެއް އަދި ހާމަކޮށްފައެއް ނުވެއެވެ.