އާ ކައުންސިލަރުން ހުވާކުރެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ބޯޑު މިއަދު އަލުން އެކުލަވާލައްވައިފިއެވެ.
މިގޮތުން އެލްޖީއޭގެ ބޯޑަށް މިއަދުު އައްޔަންކުރެއްވި ބޭފުޅުންގެ ތެރެއިން ގާނޫނު އަސާސީގެ 140 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ބޭނުމަށް ރައްޔިތުންގެ މަޖިލީހަށް އެލްޖީއޭއާ ގުޅޭގޮތުން ޖަވާބުދާރީވުމަށްޓަކައި ރައީސް ކަނޑައަޅުއްވާ މިނިސްޓަރުގެ ގޮތުން އެލްޖީއޭގެ ބޯޑުގެ ރައީސްކަމަށް އައްޔަންކުރައްވާފައިވަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 64 ވަނަ މާއްދާގެ ދަށުން ޗީފް އެގްޒެކެޓިވް އޮފިސަރުގެ ގޮތުގައި ކަނޑައަޅުއްވާފައި ވަނީ ފާތުމަތު އަފްޝަން ލަތީފެވެ.
މީގެ އިތުރުން އެ ގާނޫނުގެ 59 ވަނަ މާއްދާގައިވާ މާލީ ކަންކަމާ ގުޅޭ ވުޒާރާ ތަމްސީލުކުރާ ފަރާތެއްގެ ގޮތުން ކަނޑައަޅުއްވާފައި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފެވެ.
އެލްޖީއޭގެ ބޯޑުގައި ދެން ހިމެނެނީ، އެލްޖީއޭގެ ނައިބު ރައީސް މުހައްމަދު މާހިރު އީސައާއި އެޑްވައިޒަރު ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބާއި ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރާއި ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާއެވެ.
ޚަބަރު
ޚަބަރު
ޚަބަރު