ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ފުރަތަމަ އުފެއްދި ސިޔާސީ ޕާޓީ އެމްޑީޕީ، ބައިބައި ކުރަން އުޅުނު ކޮންމެ މީހަކު ވެސް ނިމިގެން ދަނީ މަގުމަތި ވެގެން ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީ ތެރޭގައި ބައިބައިކޮށް ފޮތިކުރަން ކިތަންމެ ބަޔަކު ކިތަންމެ ފަހަރަކު އުޅުނު ކަމަށާއި ނަމަވެސް އެކަން ކާމިޔާބު ވެފައި ނުވާ ކަމަށެވެ.
"ކޮންމެ ފަހަރަކު މިފަދަ އަމަލުތައް ހިންގާ ފަރާތް ނިމިދަނީ އަމިއްލައަށް މުޖުތަމައުން ބާކީ ވެގެން،" ޝިފާ ވިދާޅުވި އެވެ.
އެމްޑީޕީއަށް ހެޔޮ އެދޭ 'މާ މޮޅު' އެހެން ބަޔަކު ތިބި ނަމަ މަގުމަތިވި ދުވަހު އެ ބަޔަކު ފެނުނީސް ކަން ޝިފާ ފާހަގަ ކުރެއްވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު