ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫން ބަޔަކު ކޮވިޑަށް ޕޮޒިޓިވް ވެ އެ ދެ ރަށް ވެސް މޮނިޓަރިން އަށް ލައިފި އެވެ.
އެ ދެ ރަށް ވެސް މޮނިޓިރިން އަށް ލީ މިއަދު އެވެ.
އެގޮތުން ކެނދިކުޅުދޫ މޮނިޓަރިން އަށް ލީ މާލެ އިން އެ ރަށަށް ދަތުރުކުރާ ބޯޓެއްގެ ބަޔަކު ޕޮޒިޓިވް ވުމުން ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އެ ބޯޓުން ދަތުރު ކުރި ތިން މީހުން އެ ރަށުގައި ތިބި އިރު އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވް ވެ އެ މީހުންނާ ކޮންޓެކްޓް ވި ގިނަ ބަޔަކު ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އެ މީހުންގެ އިތުރުން ރަށު ތެރެއިން ނެގި ރެންޑަމް ދެ ސާމްޕަލެއް ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
ގުރައިދޫން އެންމެ ފުރަތަމަ ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ އެ ރަށުން ޑޮކްޓަރަށް ދެއްކުމަށް ލާމު އަތޮޅަށް ދިޔަ ބައެކެވެ. ފަސް މީހުންގެ ތެރެއިން ހަތަރު މީހަކު ޕޮޒިޓިވް ވެފައި ވާއިރު، އެ ރަށުގައި އޮތް ބޯޓެއްގެ ބިދޭސީއަކު ވެސް ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
މާލޭގައި ކޮވިޑު ޖެހޭ މީހުން ދުވަހެއް ދުވަހެއް އިތުރަވަމުން ގޮސް ދުވާލަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު 1000 އިން މަތީގައި ހުރި އިރު ރާއްޖޭގެ ގިނަ ރަށްތަކަކުން ވެސް ކޮވިޑްގެ ބަލި މީހުން އަންނަނީ ފެންނަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު