އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު މިއަދު ފަށައިފި އެވެ.
މިއީ 2020 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނެވެ. މި އިމްތިހާނު މިއަހަރަށް ފަސްކޮށްފައި ވަނީ ކޮވިޑް-19 އާއި ގުޅިގެންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ 235 ސެންޓަރެއްގައި 5955 ދަރިވަރުން އޯލެވެލް އިމްތިހާނު ހަދާނެ ކަމަށެވެ.
އޯލެވެލް އިމްތިހާނަށް ހުރިހާ ސެންޓަރުތައް މިހާރު ތައްޔާރުވެފައިވާ ކަމަށާއި ކޮވިޑަށް ޕޮޒިޓިވް ވެފައި ތިބި ދަރިވަރުން އެހެން ކުދިންނާ އެކަހެރިކޮށް ތިބެގެން އިމްތިހާނު ހެދޭނެ އުސޫލު އެޗްޕީއޭ އާއި ގުޅިގެން ހަމަޖައްސާފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފަ އެވެ. އަދި ކަރަންޓީނުގައި ތިބި ދަރިވަރުންގެ ތެރެއިން އިމްތިހާނު ހެދޭނެ ފަދަ ހާލަތެއްގައި ތިބި ދަރިވަރުންނަށްވެސް އިމްތިހާނު ފޯރު ކޮށްދިނުމުގެ މަސައްކަތް އެޗްޕީއޭ އާއި ރަށްރަށުގެ ސިއްހީ އިދާރާތަކުންނާއި ޓާސްކްފޯސްތަކާ ގުޅިގެން މިހާރު ހަމަޖއްސާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ކޮވިޑްގެ ސަބަބުން ސްކޫލްތައް ބަންދުކޮށްފައިވުމުން އޯލެވެލް އަދި އެސްއެސްސީ އިމްތިހާނަށް ތައްޔާރުވަމުންދިޔަ ދަރިވަރުންނަށް ފިލާވަޅުތައް ރަނގަޅަށް ނަގައިދީފައި ނުވާ ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. އެހެން ނަމަވެސް އެޑިއުކޭޝަނުން ބުނީ އޯލެވެލްގައި ބައިވެރިވާ ދަރިވަރުންނަށް ހާއްސަކޮށްގެން ސްކޫލުތަކުގައި އިތުރު ގަޑިތައް ކުރިއަށް ގެންދިއުމުގެ އިތުރުން އޮންލައިންކޮށް ވެސް ކްލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު