ހއ. ދިއްދޫ މޮނީޓަރިންގެ ހާލަތަށް ގެނެސްފިއެވެ.

ދިއްދޫގައި ހުންނަ ހއ. ހޮސްޕިޓަލުގެ މެނޭޖަރު އުސްމާން އަޝްރަފް "ވަން" އަށް މިރޭ ވިދާޅުވީ، އެރަށް މޮނީޓަރިންގެ ހާލަތަށް ގެނައީ ކޮވިޑް-19ގެ އަލާމާތްތަކެއް ހުރެގެން ފުލޫ ކުލިނިކަށް ދެއްކި އެރަށު ފިރިހެނަކު ޕޮޒިޓިވްވުމުން ކަމަށެވެ. އަދި އޭނާގެ ސާމްޕަލް ލިބުނީ މިއަދު ކަމަށް ވިދާޅުވިއެވެ.

އުސްމާން ޝަރީފު ވިދާޅުވީ، އެ ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދިއްދޫ ހިމެނޭހެން އަތޮޅުތެރޭގެ 21 ރަށެއްް މިހާރު އޮތީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި މިއަދު އެކަނިވެސް ތިން ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސް، އަރައި ފޭބުން މަނާކޮށްފައެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީ ހިމެނެއެވެ.