މާލޭ ސިޓީ ކައުންސިލަށް ކުރިއަށް އޮތް ފަސް އަހަރަށް އިންތިހާބުވެވަޑައިގެންނެވި މޭޔަރު ޑރ. މުހައްމަދު މުއިއްޒާއި މިހާރުގެ މޭޔަރު ޝިފާ މުހައްމަދުއާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރިއަށްގެންގޮސްފިއެވެ.
އެކަމާ ގުޅޭގޮތުން ޑރ. މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއަދު ޝިފާއާ ބައްދަލުކުރައްވައި އިންތިގާލީ މަރުހަލާއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށެވެ. އަދި އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ހުރި ދުވަސްތަކުގައި ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
މި މަހުގެ ދިހަވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލުގެ މެޖޯރިޓީ ފުރަތަމަ ފަހަރަށް އިދިކޮޅު ޕީޕީއެމުން ވަނީ ނަގައިފައެވެ. އެގޮތުން، މޭޔަރުގެ މަގާމަށް ޑރ. މުއިއްޒު އިންތިހާބުވެވަޑައިގަތީ 5،034 ވޯޓުގެ ތަފާތަކުން ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓު އަނަސް އަބްދުއްސައްތާރު ބަލިކުރުމަށްފަހުގައެވެ.
އެ އިންތިހާބުގައި ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވީ 12،470 ވޯޓެވެ. އަދި އަނަސްއަށް ލިބިވަޑައިގެންނެވީ 7،436 ވޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު