ލ. މާންދޫގައި ހިންގާ މާންދޫ ފިޝަރީޒް ކޮމްޕްލެކްސް އިން ކޮވިޑް ކޭސްތަކެއް ފެނިއްޖެއެވެ.
ލ. ގަން ރީޖަނަލް ހޮސްޕިޓަލުން މިރޭ ބުނީ އެ ކޮމްޕްލެކްސް އިން މިހާތަނަށް ހަ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެމީހުން ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން ސާމްޕަލް ނަގައި، ޓެސްޓުކުރުމުން ކަމަށާއި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެއެވެ. އަދި ލ. އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ލ. ގަމާއި އެ އަތޮޅު ފޮނަދޫ އަދި ކައްދޫއާ ކޯޒްވޭއަކުން ގުޅިފައި އޮންނަ މާންދޫއަކީ މަސް ފެކްޓަރީ ހިންގުމަށް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައި އޮންނަ ރަށެކެވެ. މާންދޫގައި ގިނަ އަދަދެއްގެ ބިދޭސީ މުވައްޒަފުންގެ އިތުރުން ގަން، ފޮނަދުއަށް ނިސްބަތްވާ ދިވެހި މުވައްޒަފުން ވެސް މަސައްކަތްކުރެއެވެ.
މާންދޫން ފެނުނު ކޭސްތަކާ ގުޅިގެން އަދި އެއްވެސް ރަށެއް މޮނީޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު