ލައިފް ސްޓައިލް

ނަމްޒާ އާއި އާމިރުގެ ބޭއިންތިހާ ލޯބި: ނިއުމާގެ ޓޯކް ޝޯ ރީލްޓުރިއަލް ގައި ނަމްޒާ ކިޔައިދީފި

4

ބައިސްކޯފުން ރޭ ސްޓްރީމްކުރި ނިއުމާގެ ޓޯކްޝޯ ރީލްޓުރިއަލްގެ ދެވަނަ އެޕިސޯޑުގައި މެހެމާނެއްގެ ގޮތުގައި ނަމްޒާ ބައިވެރިވެފައިވާއިރު ނަމްޒާ ވަނީ އޭނާގެ ހަޔާތު ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ.

ނަމްޒާއަކީ ވަރަށް ޅައުމުރުގައި އުމުރުގެ ގޮތުން ދޮށީ މީހަކާ ކަައިވެންޏެއް ކޮށް، ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައިވާ ފަންނާނެކެވެ. އެ ކައިވެންޏަށް ނަމްޒާއަށް ކުއްޖަކު ލިބި ކައިވެނި ރޫޅުމަށްފަހު މިހާރު ލަވަކިޔުންތެރިޔާ އާމިރު އާއެކު އަންނަނީ އުފާވެރި ޒަވާޖީ ހަޔާތެއް ވޭތުކުރަމުންނެވެ.

ނަމްޒާ ބުނާގޮތުގައި އޭނާއަކީ އެއްވެސް އިރެއްގައި މީހަކު ކިޔާ އެއްޗެކަށް ރައްދު ދީ ހަދާ މީހެއް ނޫނެވެ. ފުރަތަމަ ކައިވެންޏާ ބެހޭގޮތުން ނަމްޒާ ބުނެފައިވަނީ އެންމެ ކަމެއް ފިޔަވައި އެކަމާ ދޭތެރޭ ދެރަ ނުވާ ކަމަށެވެ. ''އެކައިވެންޏާ ބެހޭގޮތުން ބުނަންޏާ ބުނެލާނީ ނަމްޒާ އަސްލު އެންމެ ދެރަވަނީ މަންމައާ ބައްޕަ ހިތުގަޖެއްސުނީމައޭ.'' ނަމްޒާ ބުންޏެވެ. އަދި ކުރީގެ ފިރިމީހާއާ ގުޅޭގޮތުން ނަމްޒާ ބުނެފައިވަނީ ''ރުޅިވެރިކަމެއް، ހަސަދަވެރިކަމެއް، ނަފްރަތެއް އޭގެ އެއްވެސް ނެގެޓިވް އެއްޗެއް ނެތް. ދެމީހުނަށް ނޫޅެވުނީމަ ވަކިވީ. ދުވަހަކުވެސް އަޑެއް ނާހަން ނަމްޒާއޭ ކިޔައިގެން ނާގެ ބައްޕަ ފަރާތުން ވާހަކައެއް.''

ބައިސްކޯފުގެ ރީލްޓުރިއެލް ޝޯގެ ޓްރޭލަރ ---

ކައިވެންޏެއް ރޫޅުމަކީ އެކަކު އަނެކަކަށް ކުރާ އިހުތިރާމް ގެއްލެން ޖެހޭ ކަމެއް ނޫންކަމަށާއި އެގޮތުން އެ އިހްތިރާމް އަބަދުވެސް ނާގެ ބައްޕަގެ ގޮތުގައި ކުރާނެ ކަމާއި، އަދި އާމިރުވެސް ނަމްޒާވެސް ނާ އަށް ނާގެ ބައްޕައަކީ ކިހާ މުހިއްމު މީހެއް ކަން ދަސްކޮށްދޭ ކަމުގައި އޭނާ ބުނެފައިވެއެވެ.

ދަރިފުޅުގެ ފަރާތުން ބޮޑުވެގެން ކޮންމެވެސް ދުވަހަކުން ފަހުރުވެރިކަމާއެކު ނާގެ ބައްޕައަަށް އެއްވެސް އެއްޗެއް ނާ ގެ މަންމައެއް ނުބުނާ ކަމަށާއި އަދި ނާ އަށް ބައްޕަ މުހިއްމުވަނީ އެހެންވެގެން ކަން ބުނާ އަޑުއަހަން ވަރަށް ބޭނުންވާ ކަމުގައި ނަމްޒާ ވަރަށް އަސަރާއެކު އިންޓަވިއުގައި ބުނެއެވެ.

ފުރަތަމަ ކައިވެނިން ދަސްވި ކަމަކީ ދިރިއުޅުމުގައި ކޮންމެ މީހަކަށްވެސް ނުރަނގަޅު ނިންމުމެއް ނިންމިދާނެ ކަމަށާއި އެކަމަކު އެއަށްފަހުގައިވެސް ދިރިއުޅުމެއް އޮންނަ ކަމާއި އެދިރިއުޅުން ބަދަލުކުރުމުގެ އިހުތިޔާރު އޮންނާނީ އަސްލު އެމީހެއްގެ އަތުގައި ކަން ނަމްޒާ ފާހަގަކުރެއެވެ.

މިހާރުގެ ކައިވެންޏާ ބެހޭގޮތުން ވާހަކަ ދައްކަމުން ނަމްޒާ ވަނީ އާމިރަށް ހިފެހެއްޓުމެއް ނެތް ތައުރީފު ރައްދުކޮށްފައެވެ. ''އާމިރާ އެއްކޮށް ދިރިއުޅުމެއް ފެށުން ހިތަށް އަރަނީ ނަމްޒާއަށް ކޮންމެވެސް ކަމެއް ރަނގަޅަށް ކުރެވިފަ އޮތީމައޭ ނަމްޒާއަށް އާމިރުހާ ރަނގަޅު މީހެއް ލިބުނީ. ފިރިއެއްގެ ގޮތުން، ބައްޕައެއްގެ ގޮތުން ނަމްޒާގެ މައިންބަފައިންނަށް އާމިރުގެ މައިންބަފައިންނަށް ދަރިންނަށް ތިމާގެ މީހުންނަށް ނަމްޒާގެ ކޮއްކޮ އާއި ދޮންބެއަށްވެސް އެންމެނަށް ވެސް ވަރަށް ގާތް މީހެއް އާމިރަކީ.''

''އެންމެ ބޮޑު އަޗީވްމަންޓަކީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިިރިއުޅުގަ ކޮންމެ ކަމެއްވެސް ހިއްސާކުރާނެ ވަރުގެ މީހެއް ހުރުން. އެއާ އަޅައި ނުކިރޭނެ ފައިސާ، މުދާވެރިކަން މަޝްހޫރުކަން އެހެން އެއްވެސް ކަމެއް''
ނަމްޒާ---

ދެމީހުންގެ މެދުގައި އޮންނަ ވަރުގަދަ ލޯތްބާ ގުޅޭ ގޮތުން ނަމްޒާ ބުނެފައިވަނީ މީހުން މީހުން ދެކެ ހަމަ ބޭއިންތިހާ ލޯބިވާ ކަމަށާއި ޝަރުތަކާ ނުލައި ލޯބިވާ ކަމަށެވެ. އަދި މާދަމާ ނަމްޒާ ބަލި އެނދެއްގައި އޮންނަން ޖެހުނަސް ކައިރީގައި އިރާދަކުރެއްވިއްޔާ އާމިރު ހުންނާނެކަމުގެ ޔަގީންކަން ލިބޭ ކަމަށާއި އެއީ ދިރިއުޅުމުގައި ވަރަށް ވެސް މުހިއްމު އެއްޗެއް ކަމަށެވެ.

''އެންމެ ބޮޑު އަޗީވްމަންޓަކީ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ދިިރިއުޅުގަ ކޮންމެ ކަމެއްވެސް ހިއްސާކުރާނެ ވަރުގެ މީހެއް ހުރުން. އެއާ އަޅައި ނުކިރޭނެ ފައިސާ، މުދާވެރިކަން މަޝްހޫރުކަން އެހެން އެއްވެސް ކަމެއް'' ނަމްޒާ ބުނެފައިވެއެވެ.

ނަމްޒާ ފާހަގަކުރީ އޭނާއަށްވެސް ގޯސްކޮށް ކަންތައްތަކެއް ކުރެވިފައި ހުންނާނެ ކަމަށް ގަބާލުކުރާ ކަމަށާއި ދިރިއުޅުމުގައި އޭރު ނިންމުނު ކަންތައްތަކުން ދަސްވި ކަމަކީ ގޯސްކޮށް ކުރެވިފައި އޮތް ކަމެއް އަލުން ނުކުރާނެ ކަމަށެވެ.

ނަމްޒާ ވަނީ އޭނާގެ ކެރިއަރާ ބެހޭ ގޮތުންވެސް ތަފާތު ގިނަ ވާހަކަތައް ދައްކައިފައެވެ. ކިޔަވައިދިނުމުގެ ދާއިރާއިންނާއި ޓީވީގެ ދާއިރާއިންވެސް ގެއްލޭނެއޭ ހިތަކު ނެތްކަމުގައި އޭނާ ފާހަގަކޮށްފައިވެއެވެ. ކިޔެވުމުގެ ދާއިރާގައި ޕީއެޗްޑީ ހެދުމަކީ އާމިރު ވަރަށް ދެކެން ބޭނުން ދުވަހެއްކަމުން އެދުވަހަކަށް މަސައްކަތް ކުރާނެ ކަންވެސް ނަމްޒާ ވަނީ ފާހަގަކޮށްފައެވެ.