ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލާއި މާފުށީ ޖަލުން ކޮވިޑު ކޭސްތަކެއް ފެނިއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ، އެ ދެ ޖަލުން ދެ އޮފިސަރުން ޕޮޒިޓިވްވީ މިއަދު ކަމަށާއި އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ދެ ޖަލުގައި ކޮވިޑާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށްވެސް ބުންޏެވެ.

ކެރެކްޝަންސްގެ އޮފިސަލަކު "ވަން" އަށް ވިދާޅުވީ، އެ ދެ ޖަލުންވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މާފުށީ ޖަލާއި ހިންމަފުށީ ޖަލުން އޮފިސަރަކު ޕޮޒިޓިވްވި އިރު، ދޫނިދޫގައި ފުލުހުންގެ ބަންދުގައި ތިބި 14 މީހަކުވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.