އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާންގެ މަންމާފުޅު ނަސީމާ އިބްރާހީމް އަވަހާރަވެއްޖެއެވެ.
މުއުތަސިމްގެ ބޭބޭފުޅު އަދި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާނު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިރޭ 10:30 ގައި މަންމާފުޅު އަވަހާރަވެފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
މުއުތަސިމްގެ މަންމާފުޅު އަވަހާރަވި އިރު، އުމުރުފުޅަކީ 81 އަހަރެވެ.
ނަސީމާއަކީ ރާއްޖޭގެ ފުރަތަމަ އުއްތަމަ ފަނޑިޔާރު މަރުހޫމް ހުސައިން ސަލާހުއްދީންގެ ދަރިކަލެއް ކަމަށްވާ މަރުހޫމު އަދުނާން ހުސައިންގެ އަނބިކަނބަލުންނެވެ. އަދުނާން ހުސައިންއަކީ ކުރިން ބަންޑާރަނައިބު ކަމާއި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު