ޑޮކްޓަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގައި ހިދުމަތްކުރާ ހުރިހާ ޑޮކްޓަރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ޝުކުރު އަދާކުރައްވައިފިއެވެ.
ދުވަހުގެ ތަހުނިޔާ ފޮނުއްވައި ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ކޮވިޑް-19ގެ ހާލަތުން އަރައިގަނެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް ޑޮކްޓަރުން ކުރައްވާ ހުރިހާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
ދުވަހުގެ ތަހުނިޔާ ފޮނުވައި ނައިބް ރައީސް ފައިސަލް ނަސީމް ކުރެއްވި ޓުވީޓެއްގައިވެސް ވަނީ ރައްޔިތުންނަށް ސިއްހަތު ސަލާމަތްކުރުމަށްޓަކައި ޑޮކްޓަރުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވައިފައެވެ.
އޭޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ރާއްޖޭގައި ފާހަގަކުރާ ޑޮކްޓަރުންގެ ދުވަހެވެ.
ރާއްޖޭގައި ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފާއިތުވި އަހަރެއްހާ ދުވަހު ވަރުބަލިކަމެއް ނެތި ޑޮކްޓަރުން ވަނީ ހިދުމަތް ކުރައްވައިފައެވެ. އަދި އެކަމުގައި ރާއްޖެއިން ބޭރުގައި ޑޮކްޓަރުކަން ކިޔަވަމުން އަންނަ ދަރިވަރުންނާއި ސްޕެޝަލައިޒް ވުމަށް ރާއްޖެއިން ބޭރަށް ގޮސް ތިބި ޑޮކްޓަރުންގެ ބޮޑެތި އެހީތެރިކަމެއްވެސް ލިބުނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު