ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
އަނގޮޅިތީމު ބަނދަރުގެ މަސައްކަތުގެ އަޕްޑޭޓް ދެމުން އެމްޓީސީސީން މިއަދު ބުނީ އެރށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ މި މަހުގެ 12 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ގާ އެތުރުމުގެ މަސައްކަތް މި މަސްތެރޭގައި ފަށާނެ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 42،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 166 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނޭ ކަމަށް އެމްޓިސީސީން ބުންޏެވެ. އަދި 91 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 1110 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، މަގުބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުން ހިމެނޭ ކަމަށްވެސް އެކުންފުނިން ބުންޏެވެ.
އެމްޓީސީސީ އާ މި މަސައްކަތް ހަވާލު ކޮށްފައިވަނީ ޖުމްލަ 44.7 މިލިއަން ރުފިޔާ އަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު