1442 އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހާއި ކުރިމަތިލީ އިރު ބާޒާރުގެ އަގުތަށް މުރީ ކުރީގެ ރޯދަމަސްތަކުގެ އަގުތަކާއި ގާތްގަނޑަކަށް އެއްވަރެއްގައި ކަން ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ ރޯދަމަސް ދިވެހިން ހޭދަކޮށްފައިވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ސަބަބުން ލޮކްޑައުންގައެވެ. ނަމަވެސް 2019 ވަނަ އަހަރުގެ ރޯދަމަހުގެ އަގުތަކާއި މިއަހަރުގެ ރޯދަމަހުގެ އަގުތަކާބަލާއިރު ދޮވެހިން އެބާވަތްތަކާ ނުލައި ރޯދަ ފުރިހަމަނުވާ ބާވަތްތަކުގެ އަގުތަށް ކުރިޔަށްވުރެން ހެޔިކަން ފާހަގަކުރެވއެވެ.

ރޯދަމަހު އަގުބޮޑު ލިސްޓުގެ އެއްވަނައިގައި ހިމެނިގެންދާ ކަނޑޫދޫ މިރުހުގެ އަގު މިއަހަރު ވަނީ ބޮޑުތަކުން ހެޔޮވެފައެެވެ. ކުރިން 1200ރ އަށް ކިލޯ ލިބޭ ކަނޑޫދޫ މިރުން މިއަދު ހުރީ 500ރ އަށެވެ.

ރޯދަމަސް އެއާނުލާ ފުރިހަމަނުވާ ކަރާގެ އަގު ބޮޑުކަން ފާހަގަކޮށްލެވެއެވެ. މިއަދު ބާޒާރުގައި ކަރާ ކިލޯއެއް ލިބެން ހުރީ 20ރ އާއި 25ރ އާއި ދެމެދުގެ އަގެއްގައެވެ.

ލޯކަލް މާރުކޭޓުގެ އަގުތައް:

  • ކުރުނބާ 20ރ، 30ރ
  • ލުނބޯ 40ރ ކިލޯ
  • ކިއުކަމްބާ 30ރ ކިލޯ
  • ބަނބުކެޔޮ 50ރ، 80ރ ކޭލެއް
  • ކުއްޅަފިލާ ފަތް 15ރ ބޮނޑިއެއް
  • ކޮޕީފަތް 10ރ ބޮނޑިއެއް
  • ކެރެޓު 25ރ ކިލޯ
  • ކަންކުން ފަތް 15ރ 2 ބޮނޑިއެއް
  • ކަނޑޫދޫ މިރުސް 500ރ ކިލޯ
  • ލާމު މިރުސް 480ރ ކިލޯ
  • ތޮޅި މިރުސް 30ރ 100 ގްރާމް
  • ކަރާ 25ރ ކިލޯ
  • ލޮނުމެދު 50ރ
  • ލެޓިއުސް 130ރ ކިލޯ
  • ކާށި 15ރ - 5ރ
  • ގަބުޅި 15ރ - 40ރ
  • ދިވެހި އަނބު 150ރ ކިލޯ
  • ބޭރު އަނބު 220ރ ކިލޯ
  • ބަނބުކެޔޮ 50ރ - 80ރ

މަސް މާރުކޭޓުގެ އަގުތައް:

  • ކަންނެލި 70ރ ކިލޯ
  • ރަތްމަސް ބޮޑު 150ރ - 300ރ ކިލޯ
  • ފިލޮޅު 300ރ - 150ރ ކިލޯ
  • މާނިޔާ މަސް 50ރ، 70ރ ކިލޯ
  • ދޮން ނޫމަސް 20ރ 5 މަސް
  • މުށިމަސް 20ރ 3 މަސް
  • ގިނި މަސް 30ރ ކިލޯ
  • ރިއްމަސް 20ރ 4 މަސް