އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ބަންދުކޮށް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް ކެޕިޓޯލް ބަންދު ކޮށްފައިވަނީ އެތަނުގެ ބޭރުގައި ހުންނަ ސެކިއުރިޓީ ބެރިކޭޑުތައް ފޫއަޅުވާލުމަށް ކާރެއް ބޭނުންކޮށްގެން މީހަކު މަސައްކަތް ކުރުމުން ނެވެ.
ބައެއް މަސްދަރުތަކުން ވަނީ އެސަރަހައްދުގައި ތިބި ދެ އޮފިސަރެއްގެ ގައިގައި އެމީހާ ކާރުން ޖެއްސި ކަމަށްވެސް ރިޕޯޓު ކޮށްފައެވެ.
ކާރުން ޖެހި އަނިޔާވި ދެ އޮފިސަރުންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް ހާލު ދެރަވެ އެކަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެއެވެ.
ފުލުހުން ވަނީ ކާރުގެ ޑްރައިވަރު ހައްޔަރުކޮށް ތަހުގީގު ފަށާފައެވެ.
އެމެރިކާގެ ވޮޝިންޓަންގައި ހުންނަ އެގައުމުގެ ގާނޫނު ހަދާ މަޖިލިސް ބަންދުކުރުމުގެ އިތުރުން ފުލުހުން ވަނީ އެސަރަހައްދުގައި ހިމެނޭ ގިނަ މަގުތަކެއްވެސް ބަންދުކޮށްފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ