ޕޯޗުގަލް ގައުމީ ޓީމާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ އެންމެފަހުން ކުޅުނު މެޗުގެ ފަހު ވަގުތުގައި އޭނާ ގޯލަށް ޖެހި ބޯޅައެއް، ގޯލް ރޮނގު ހުރަސްކޮށް، އެތެރެއަށް ވަނުމުންވެސް އެއީ ގޯލެއް ކަމަށް ރެފްރީ ނުނިންމުމުން އެކަމާ ހިތްހަމަ ނުޖެހި ރޮނާލްޑޯ ވަނީ ނުރުހުން ފާޅުކޮށްފައެވެ. އެ ނުރުހުމުގެ ތެރެއިން މެޗު ނުވެސް ނިމެނީސް، ރޮނާލްޑޯ ވަނީ ދަނޑުން ފައިބައިގެން ގޮސްފައެވެ. އެ ދިޔަ ދިޔުމުގައި ރޮނާލްޑޯ ދިޔައީ ދަނޑު ކައިރިއަށް ކެޕްޓަން ބޭންޑް އެއްލައިލައިފައެވެ.
އެކަމާ ގުޅިގެން ރޮނާލްޑޯއަށް ނުރުހުންވެސް އަމާޒުވެފައިވާއިރު، އެ ބޭންޑް ނީލަމަށް ލި ވާހަކަ މިހާރު ވަނީ މީޑިއާގައި ފެތުރިފައެވެ. "ގޯލް" އިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެ ކެޕްޓަން ބޭންޑް ނީލަން ކިޔައިގެން ލިބޭ ފައިސާ ހަރަދުކުރުން ނިންމާފައި ވަނީ ހަމަހުގެ ކުޑަކުއްޖަކަށެވެ. އެ ކުޑަކުއްޖާގެ މައިބަދައަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ބޭންޑްގެ އަގަށް ލިބޭ ފައިސާ ހަރަދުކުރަން ހަމަޖެހިފައިވާއިރު، އެކަމަށް އިސް ނެގީ ދަނޑުގައި މަސައްކަތް ކުރާ މުއްޒަފެކެވެ.
ސްޓޭޑިއަމްގެ ދަނޑު ބަލަހައްޓާ މަސައްކަތު މީހަކު ބޭންޑް ނަގާ ހަވާލު ކޮށްފައި ވަނީ އަމިއްލަ އެހީދޭ ޖަމިއްޔާއަކާއެވެ. އެ ޖަމިއްޔާއިން ރޮނާލްޑޯގެ ބޭންޑް ނީލަމަށް ލާފައިވާއިރު، އެ ބޭންޑަށް ބިޑް ކުރުން ކުރިއަށްދާނީ ތިން ދުވަސް ވަންދެނެވެ.
ރޮނާލްޑޯގެ ބޫޓަކަސް، ޖާޒީއަކަސް، އެ ހުރިހާ އެއްޗަކީ އަގު ބޮޑެތި އެއްޗެއްސަށް މިހާރު ވަނީ ވެފައެވެ. ރޮނާލްޑޯއަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް ކުޅުންތެރިޔާއަށްވާއިރު، އޭނާގެ ފަރާތުން ގިނަ ބަޔަކަށް އެހީތެރިކަން ފޯރުވެސް ކޮށްދީފައިވެއެވެ. އެގޮތުން ޖާޒީއާއި ބޫޓު ނީލަމުގައި ވިއްކާލާ، އެ ތަކެތިން ލިބޭ ފައިދާއަށްވެސް ރޮނާލްޑޯ ވަނީ ބައެއް ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު