ތެޔޮ އުފުލާ ބޯޓެއް ހުޅުމާލެ ދެވަނަ ފޭހާއި ދިމާ ކަނޑުގެ ސަރަހައްދަށް އަޑިއަށް ހިނގައްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ތިން މީހުންނާ އެކު ދަތުރުކުރި ތެޔޮ ބޯޓެއް ކަނޑު ގަދަވެ ދިޔަވެ އަޑިއަށް ދާތީ ސިފައިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މިހާދިސާގައި އެ ބޯޓުން ދަތުރު ކުރި ތިން މީހުން އެތާ ކައިރީގައި އޮތް ސަފާރީއަކަށް ނަގާފައިވާ ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.
މިދުވަސްވަރަކީ ވިއްސާރަ، ކަނޑު ގަދަ އަދި ވައިބާރު ދުވަސް ވަރަކަށް ވުމާ އެކު ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމަލުކަން ދިނުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީ އަށް އޮތީ އޮރެންޖް އެލާޓް ނެރެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު