ޕޯޗުގަލް އިން ރޭ ސާބިއާއާ ދެކޮޅަށް ކުޅުނު ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗު 2-2 އިން އެއްވަރު ވެގެން ނިމުނުއިރު، ފަހު ވަގުތު ކަން ހިނގި ގޮތުން ކްރިސްޓިއޯނާ ރޮނާލްޑޯ ރުޅި ގަދަވެ ދަނޑުން ފައިބައިގެން ގޮސްފިއެވެ.
މެޗުގައި ޕޯޗުގަލްއިން ދެ ގޯލްގެ ލީޑެއް ނަގައި މެޗު ކޮންޓްރޯލް ހޯދާފައިވާއިރު، އެ ދެ ގޯލްވެސް ޖެހީ ލިވަޕޫލްގެ ފޯވަޑް ޑިއޭގޯ ޖޮޓާއެވެ. އޭނާ ބޮލުން ދެ ގޯލްވެސް ޖަހާފައިވާއިރު، ސާބިއާއަށް ފަހަތުން އަރައި ދެ ގޯލް ޖަހައިދިނީ އެލެކްސެންޑްރާ މިޓްރޮވިޗާއި ފިލިޕް ކޮސްޓިޗެވެ.
މެޗަށް އެންމެ ބޮޑަށް ސަމާލުކަން ހުއްޓުނު ވަގުތު ކޮޅު ފެނިގެން ދިޔައީ މެޗުގެ ފަހު މިނެޓުގައެވެ. ރޮނާލްޑޯ ތިރިތިރީން ފޮނުވާލި ބޯޅަ ގޯލް ރޮނގު ހުރަސްކޮށް އެތެރެވި ކަމަށް ރޮނާލްޑޯ ބުނި ނަމަވެސް، ރެފްރީ ނިންމީ އެއީ ގޯލެއް ނޫން ކަމަށެވެ. ބޯޅަ ރޮނގު ހުރަސް ކުރުމުގެ ކުރިން ޑިފެންޑަރު ބޯޅަ ބޭރުކޮށްލި ކަމަށް ރެފްރީ ނިންމި ނަމަވެސް ރޮނާލްޑޯ ބުނެފައި ވަނީ ރޮނގުން ބޯޅަ އެތެރެވި ކަމަށެވެ.
އެކަމާ ހިތްހަމަ ނުޖެހި ފަހު މިނެޓުގައި މަޑުވެސް ނުކޮށް ރޮނާލްޑޯ ދަނޑުން ފައިބައިގެން ދިޔައިރު، އޭނާ ދިޔައީ ދަނޑު ބޭރަށް ކެޕްޓަން ބޭންޑްވެސް އެއްލާލައިފައެވެ. ބެލްގްރޭޑްގެ ރަޖްކޯ މަޓިޗް ސްޓޭޑިއަމްގެ ޓަނަލް ތެރެއަށް ރޮނާލްޑޯ ވަދެގެން ދިޔައިރުވެސް ހިތްހަމަ ނުޖެހުން ފާޅު ކޮށްފައިވާއިރު، މެޗުގައި ގޯލް ލައިން ޓެކްނޮލޮޖީ ބޭނުން ނުކުރާކަން ފާހަގަވެފައިވެއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ސަންޓޯސް ބުނެފައި ވަނީ ރޮނާލްޑޯ ޖެހި ބޯޅަ ގޯލް ރޮނގު ހުރަސްކުރިކަން ރެފްރީއަށްވެސް މެޗަށްފަހު އެނގުނުކަމަށާއި، އެކަމަށް މައާފަށް އެދެން ރެފްރީ ދިޔަ ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު