ޅ. ފެލިވަރުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 66 އަށް އަރައިފި އެވެ.
ޅ. ފެލިވަރު މަސް ފެކްޓަރީގައި މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ.
ޅ. އަތޮޅު ހޮސްޕިޓަލުން ބުނީ، ފެލވިަރުން ކޮވިޑަށް ޕޮޒިޓިވް ވި މީހާގެ ކޮންޓެކްޓު ޓްރޭސިން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް 66 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި ޑައިރެކްޓު ކޮންޓެކްޓުންގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު ނަތީޖާ ނުލިބި 16 ސާމްޕަލެއް އެބަ އޮތް ކަމަށް ވެސް ބުންޏެވެ.
މި މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފެލިވަރުންނާއި ނައިފަރުން ފުރި މީހުން ކަރަންޓީނުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިހާރު ވަނީ އަންގައިފަ އެވެ.
އެޗްޕީއޭ އިން ބުނީ އެ މުއްދަތުގައި ފެލިވަރުންނާއި ނައިފަރުން ދަތުރުކޮށް 10 ދުވަސް ހަަމަނުވާ މީހުން، ޓެސްޓު ކުރުމަށްފަހު 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރަން ޖެހޭނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު