އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ހުސެއިން ފިޔާޒު މޫސާ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވަނީ އެކަން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ.
އިންފޮމޭޝަން ކޮމިޝަނަރަކަށް ފިޔާޒު އައްޔަން ކުރެއްވީ އޮކްޓޯބަރު 31، 2019 ގަ އެވެ.
މާސް ކޮމިއުނިކޭޝަންގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހާސިލު ކުރައްވައިގެން ހުންނެވި ފިޔާޒަކީ 2000 ވަނަ އަހަރުން ފެށިގެން ނޫސްވެރިކަމުގެ ދާއިރާގެ އެކިފަންތީގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އާފަތިސް ނޫހާއި "ހަވީރު"ގެ އިތުރުން ރާއްޖެޓީވީގެ އިސް މަގާމުތައް ފުރުއްވި އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުން ފިޔާޒު މިއަދު އިސްތިއުފާ ދެއްވީ، ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވެވި ގާނޫނީ ވަކީލު މަހްފޫޒު ސައީދުގެ ހިއްސާ އޮންނަ ގޮތަށް "އަދަދު"ގެ ނަމުގައި އާ ދުވަހު ނޫހެއް ފެށުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ޚަބަރު
ޚަބަރު
ޚަބަރު