އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކެޑަމީ (އާރުއެމްއޭ) ސޭންޑްހާސްޓްގެ ކޯހެއްގައި ބައިވެރިވި ދިވެހި އަންހެން ކެޑޭޓަކު، އެ ކޯހުގެ ފަހުރުވެރި ވަނަ ހޯދައިފި އެވެ.
އޮފިސާ ކެޑޭޓް ފިރުޝާނާ ތައުފީގަށް ލިބިފައިވަނީ އާރްއެމްއޭ ސޭންޑްހާސްޓުގެ ކޮމިޝަނިން ކޯހުގެ ބެސްޓު އިންޓަނޭޝަނަލް ސްޓޫޑެންޓު އެވޯޑެވެ. މިއީ އެ އެކެޑަމީގެ ތަމްރީނެއްގައި ދިވެހި އަންހެނަކު ބައިވެރިވި ފުރަތަމަ ފަހަރެވެ.
ފިރުޝާނާގެ ކާމިޔާބީއަށް މަރުހަބާ ކިޔުއްވައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެންޑީއެފުގައި ތިބި ގާބިލު ކަނބަލުންނަށް ކުރީ ސަރުކާރުތަކުގައި އެކަށީގެންވާ ފުރުސަތުތަކެއް ފަހިކޮށްދީފައިނުވާ ކަމަށާއި އެކަމަކީ ހިތާމަކުރަންޖެހާ ކަމެއް ކަމަށެވެ.
ފިރުޝާނާގެ ކާމިޔާބީއަަށް ތައުރީފު ކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވެސް ވަނީ އޭނާ އަށް މަރުހަބާ ކިޔައި، ޓުވީޓު ކުރައްވައިފަ އެވެ. އޭގެ އިތުރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އިނގިރޭސި ސަފީރު ކެރަން ރޮސްލާ ވެސް ވަނީ ފިރުޝާނާއަށް މަރުހަބާ ދަންނަވައި، ހޯދި ކާމިޔާބީއަށް ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު