ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޕަބްލިކް އެކައުންޓްސް (ސީއޭޕީއޭސީ)ގެ ވައިސް ޗެއާއަށް ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން ބުނީ، ނާޝިޒު އެ މަގާމަށް އައްޔަނު ކޮށްފައިވަނީ، އިއްޔެ ބޭއްވި ސީއޭޕީއޭސީގެ އާންމު ޖަލްސާގައި ކަމަށެވެ. އެ މަގާމަށް ނާޝިޒު އައްޔަން ކޮށްފައިވަނީ ސްރީލަންކާ އާއި، ބަންގްލަދޭޝްގެ އިތުރުން ނިއުޖާޒީ ސްޓޭޓްގެ ވޯޓާއެކުގައެވެ.

މާލީ ގޮތުން ސަރުކާރުތައް ޒިންމާދާރު ކުރުމުގައި ފުރިހަމަ ގޮތްތަކެއް ނިންމަން ހިތްވަރު ދިނުމުގެ ގޮތުން 2015 ވަނަ އަހަރު އުފެއްދި ސީއޭޕީއޭސީގައި 40 ގައުމަކުން ބައިވެރިވެ އެވެ.

ސަރުކާރުތަކުން މާލީ ކަންކަމުގައި އަމަލުކުރަމުން އަންނަ ގޮތް ބަލައި ހުރި މައްސަލަތައް ދެނެގަތުމަށް އުފައްދާފައިވާ މި ކޮމެޓީން ތަފާތު އެކި ވޯކްޝޮޕްތައް ބާއްވަ އެވެ.