މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފްގެ އެހީތެރިކަމާ އެކު ހޮސްޕޮޓަލަށް ގެންގޮސް ފަރުވާ ދެމުން އެބަދެ އެވެ. މިއީ އެފަދަ ހާދިސާއެއް މި މަސް ތެރޭގައި ހިނގި ދެވަނަ ފަހަރެވެ.

އެމްއެންޑީއެފުން ބުނީ، ގއ. އެކަފަރު ކަނޑުގެ ނުވަ ނޯޓިކަލް ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ 'ހުޝިޔާރު' ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 55 އަހަރުގެ ދިވެހި މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އަވަސް ފަރުވާއަށް ކޯސްޓްގާޑުގެ އެހީތެރިކަމާއި އެކު ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓު އެމްއެންޑީއެފަށް ލިބިފައިވަނީ މިއަދު ހެނދުނު ދިހައެއް ޖަހަނިކޮށް ކަމަށް ވަނީ ބުނެފަ އެވެ.

މި މަހުގެ ހަތް ވަނަ ދުވަހު ވެސް ވަނީ މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފުން އެހީތެރިކަން ފޯރިކޮށްދީފަ އެވެ.

މަސްވެރިކަމުގައި އުޅޭ އިރު ލޮލަށް ބުޅި ހެރުން ފަހަކަށް އައިސް އާންމު ވެފައިވާއިރު ލޯ ފަދަ ނާޒުކު ގުނަވަންތައް ރައްކާތެރިކޮށްގެން މަސްވެރިކަމުގައި އުޅުމަށް ކަމާގުޅޭ މުއައްސަސާ ތަކުން ވަނީ އިލްތިމާސް ކޮށްފަ އެވެ.