ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދަން ދެވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.
މަޖިލިސް އިދާރާގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދުމަށް އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މިދިޔަ އަހަރުގެ މެދު ތެރޭގަ އެވެ. އެ ފަހަރު ވަނީ އެތަނުގައި ޖިމެއް ހިންގާނެ ފަރާތެއް ހޯދުމަށް ވެސް އިއުލާނު ކޮށްފަ އެވެ.
ނަމަވެސް މިއަދު އަލުން އިއުލާނު ކޮށްފައިވަނީ މަޖިލިސް އިދާރާގައި ރެސްޓޯރެންޓެއް ހިންގާނެ ފަރާތެއް ހޯދުމަށް އެކަންޏެވެ.
އެގޮތުން މަޖިލީހުގެ އާ އިމާރާތުގެ ޓެރަހުގެ، 13 ވަނަ ބުރީގައި ރެސްޓޯރެންޓެއް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވައިލައިފައެވެ.
މި މަހުގެ 28 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ އިރު 24 ގެ ކުރިން ޝައުގުވެރިވާ ފަރާތްތަކުން ރެޖިސްޓްރީ ކުރަން ޖެހޭނެ އެވެ. ބީލަން ރަޖިސްޓަރީކުރުމަށް އެދި އީމެއިލް ކުރާނީ [email protected] އަށެވެ. ބީލަން ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށް ވެސް މަޖިލީހުން ވަނީ ބުނެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓަކާއި ޖިމަކާއި ފިހާރައެއް ހެދުމުގެ މަަސައްކަތް ކުރަމުން އަންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު