ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރި ރާއްޖެ އެތެރެކުރުން މަނާ 25 އެއްހާ ޓަނުގެ ތަކެތި ނައްތާލައިފި އެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލާފައިވަނީ ކ. ތިލަަފުށީ ކުނި ނައްތާލާ ސަރަހައްދުގައި ކަސްޓަމްސް އޮފިސަރުންނާއި މީޑިއާގެ ހާޒިރުގައި އިއްޔެ ކަމަށެވެ.

ނައްތާލި ތަކެތީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ބަނގުރަލާއި ބަނގުރާ އެކުލެވޭ ތަކެއްޗާއި ބަނގުއާވި އާއި އޫރުމަހާއި ސިނގިރޭޓާއި އިސްލާމްދީނާ ހިލާފު ތަކެތި އަދި ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ދަށުން ހިފަހައްޓާފައިވާ މަނާ ތަކެއްޗާއި ބޭހެވެ.

ކަސްޓަމްސް އިން ބުނީ އެ ތަކެތި ނައްތާލީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 422 ވަނަ މާއްދާގެ ދަށުން އެކަށައެޅިފައިވާ، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓޭ މަނާތަކެތި ނައްތާލުމުގައި އަމަލުކުރާ އުސޫލުގެ ދަށުން ކަމަށެވެ.