ކޮވިޑަށް ފަރުވާ ކުރަން ފެށިތާ އަހަރެއް ފާއިތުވެގެން ދިޔައިރުވެސް އެދުވަހުވެސް މިއަދުސް ރައްޔިތުންގެ ސިއްހަތާއި ސަލާމަތަށް މަސައްކަތް ކުރަމުން ދިޔައީ ސިއްހީ ހިދުމަތްތެރިން ކަމަށް އެތެރެހަށީގެ ޑޮކްޓަރު އަދި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ޑރ. މުހައްމަދު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑާ ދެކޮޅަށް މިގެ އެއް އަހަރު ކުރި ފެށި މަސައްކަތް ކުރުމަށް އެދުވަހުވެސް، މިއަދުވެސް އަދި މާދަމާވެސް ކުރަން ތިބި ބަޔަކީ ސިއްހީ އެހީތެރިން ކަމަށާއި ތެދުބަސް ބުނަން ތިބީވެސް ސިއްހީ ހިދުމަތްތެރިން ކަމަށެވެ. އަދި ރައްޔިތުންގެ ސިއްހަތަށް އިސްކަންދޭނެ އިތުރު މީހަކު އޭރުވެސް މިހަރުވެސް ނެތް ކަމަށްވެސް ވިދާޅުވި އެވެ.
ލިބިފައި އޮތް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ލަފާދިނީވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި އެހެން ކަމުން ވެކްސިން ޖަހައި، ގައިދުރުކަން ބަހައްޓައިގެން މާސްކް ރަނގަޅަށް އެޅުމަށް އޭނަ ވަނީ އިރުޝާދު ދެއްވާފަ އެވެ.
"ގައުމީ ލެއިން ފެވޭނޭ ހިތާ، ގައުމަށްޓަކާ މޭ ދިއްކޮށްލަމާ، ބަތޮލުން ފަދައިން ނުކެރި އިސްނަގާ، ގައުމަށްޓަކާ ލޭ ހިބަކޮށްދެމާ، އެދުވަހުވެސް މިއަދުވެސް އަދި މާދަމާވެސް ތި ލޮބުވެތި ރައްޔިތުންނަށްޓަކާ ތިބީ އަޅުގަނޑުމެން." ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.
ގައުމީ ޖޯޝުން ފުރިގެންވާ ޅެމަކުން ކުރެއްވި މި ޓުވީޓުގައި ޑރ. މުހައްމަދު އަލީ ވިދާޅުވީ ގައުމީ ލޭ ހިނގާހާ ހިނދަކު ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު