ދިހަ އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބ. ފެހެންދޫ ކައުންސިލްގެ ނައިބު ރައީސް ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ފެހެންދޫގައި ދިހަ އަހަރުގެ ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި 34 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ފެހެންދޫ ކައުންސިލްގެ ނައިބު ރައީސެވެ.
ހައްޔަރުކުރި މީހާ ހައްޔަރު ކޮށްފައި ވަނީ އިއްޔެ މެންދުރު 2:30 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ފުލުހުން ބުންޏެވެ. އެ މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު