ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ ފަރާތްތަކުގެ ހުރުން ލާޒިމްވާ އިލްމީ ޝަރުތު ތަކެއް ކަނޑައަޅަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
އަހްމަދު އަބްދުﷲ ދީދީ އެހެން ވިދާޅުވެފައިވަނީ، އިއްޔެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރި ކުރި ކުރީގެ ސައިންސް އެންޓް ޓެކްނޮލަޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، މަޖިލީހުގެ މެންބަރުންގެ ތައުލީމީ ފެންވަރު ކަނޑައަޅަން ޖެހޭ ކަމަށް ދެއްކެވި ވާހަކައަށް ތާއީދު ކުރައްވައި ކުރެއްވި ޓުވީޓެއްގަ އެވެ.
އެއީ ވަރަށް ރަނގަޅު ވާހަކައެއް ކަން ފާހަގަކުރައްވައި ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީ ވިދާޅުވީ، އެކަށީގެންވާ ގޮތުގައި ރައްޔިތުން ތަމްސީލުކުރެވޭނީ އެކި ދާއިރާތަކުން އިލްމާއި ތަޖްރިބާ ލިބިފައިވާ ކުފޫ ހަމަވާ މީހުންނަށް ކަމަށެވެ.
ކުރިއަރާފައިވާ ޑިމޮކްރަސީތަކުގައި ޕާލަމެންޓް މެންބަރުންގައި ހުރުން ލާޒިމްވާ އިލްމީ ޝަރުތުތަކެއް ކަނޑައަޅައިފައި ނުވާ ކަން ވެސް އަހްމަދު އަބްދުﷲ ދީދީ ފާހަގަކުރެއްވި އެވެ. ނަމަވެސް އެތަންތަނުގައި މެންބަރުކަމަށް ކުރިމަތިލަނީ އިލްމީ ގޮތުން ފުންނާބު އުސް މީހުންކަން ތަފާސް ހިސާބުތަކުން އެނގޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ނިޒާމަކީ އިސްލާމީ ނިޒާމަކަށްވާއިރު، މެންބަރުންގެ މަގާމަކީ أهل الشوري ގެ މަގާމުކަމަށްވާއިރު، އެމީހުންގައި ހުރުން ލާޒިމުވާ އިލްމީ ޝަރުތު ކަނޑައަޅަން ޖެހޭ،" ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު