ދިރާގުން، އެ ކުންފުނީގެ ކަސްޓަމަރުންގެ ސްޓްރީމިން އެޑް-އޯންސް ގައި އޯޑިއޯ ސްޓްރީމިން އެޕް ކަމަށްވާ "ސްޕޮޓިފައި" ހިމަނައިފިއެވެ.

އެ އެޕްލިކޭޝަން މިހާރު ދިރާގު ޕްރީޕެއިޑް ސްޓްރީމިން އެޑް-އޮންސް، ޕްރީޕެއިޑް ސްޓްރީމިން ޕަރކްސް، ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް އަދި މަމެން ސްޓްރީމިން އެޑްއޮންސްގައިވެސް ހިމެނޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން، ކަސްޓަމަރުން ބޭނުންވާ ކަހަލަ އެޕްލިކޭޝަންތައް ދިރާގުގެ ހިދުމަތްތައް މެދުވެރިކޮށް ބޭނުންކުރެވޭ ގޮތް ހެދުމަކީ ދިރާގުގެ އަބަދުވެސް އެންމެ ބޮޑު އެއް އަމާޒު ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ. ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް މި އެޕް އައުމާއެކު ދުނިޔޭގެ ހުރިހާ ހިސާބެއްގެ އެންމެ މަޝްހޫރު ފަންނާނުންގެ މިއުޒިކް އަޑު އަހާލަން ފަސޭހަ ވެ، ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަވާނެކަމަށް އުންމީދުކުރާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފަ އެވެ.

ދިރާގު ސްޓްރީމިން އެޑް-އޮންސް ތެރޭގައި ހިމެނޭ މަޝްހޫރު ސްޓްރީމިން އެޕްތަކުގެ ތެރޭގައި ޓިކްޓޮކް، ނެޓްފްލިކްސް، ޔޫޓިއުބް އަދި އެމޭޒަން ޕްރައިމް ހިމެނެއެވެ. މި އެޑް-އޮންސްގެ ތެރެއަށް ސްޕޮޓިފައި ތައާރަފުކުރުމުން، ދިރާގު ސްޓްރީމިން އެޑް-އޮންތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ސްޓްރީމިން އެޑް-އޮން އެކްޓިވޭޓް ކުރުމަށް ދިރާގު މޮބައިލް އެޕް ނުވަތަ 343 އަށް ކީވޯރޑް އެސް.އެމް.އެސް ކޮށްލުމުން އެކްޓިވޭޓް ކޮށްލެވޭނެއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންގެ މޮބައިލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ދިރާގުން ފޯރުކޮށްދޭ އެޑް-އޮންތައް ކަސްޓަމަރުންންގެ ބޭނުންތަކަށް ފަރުމާކުރުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.