ރ. އިންނަމާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ނަޝީދުގެ ސުލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.
ޖޭއެސްސީން ބުނީ އިންނަމާދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ނަޝީދު، މުޖުތަމައު ގަބޫލު ނުކުރާ ފަދަ، އަހުލާގީ މިންގަނޑާ ހިލާފު ކަންތައްތަކެއް ކުރަމުންދާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއް ތަހުގީގުކުރުމަށް ކޮމިޝަންގެ "މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީ" އިން ނިންމާފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގު ކުރުމަށް ތަހުގީގު ކޮމިޓީއެއް މިހާރު އެކުލާވާލައިފައިވާ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.
ޖޭއެސްސީން ނަޝީދުގެ ސުލޫކީ މައްސަލައެއް ބަލަމުން އަންނައިރު، މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ 17 ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް އެކޮމިޝަނުން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. އެ 17 ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަނީ އެ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު