ކުނީގެ މައްސަލަ ބޮޑުވެފައިވާ 20 ރަށެއްގެ ކުނިގޮނޑު ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފި އެވެ.
އެ އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދެވެ. އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސައިން ރަޝީދެވެ.
ވެމްކޯއިން ބުނީ، އެ އެއްބަސްވުމުގެ ދަށުން އެރަށްތަކުގެ ކުނިގޮނޑާއި ކުނިގޮނޑު ހިމެނޭ ސަރަހައްދު ސާފުކުރާނެ ކަމަށެވެ. ނަމަވެސް އެއީ ކޮން ރަށްތަކެއް ކަމެއް ނުބުނެ އެވެ.
ވެމްކޯއިން މިހާރު ވެސް އަންނަނީ ދެ ރަށެއްގެ ކުނިގޮނޑު ސާފުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެއީ ކ. ގުރައިދޫގެ އިތުރުން ކުޅުދުއްފުށި ސިޓީގެ ކުނިގޮނޑެވެ.
ވިހި ރަށެއްގެ ކުނި ގޮނޑު ސާފުކުރުމަށް ވެމްކޯއާ ހަވާލުކުރި އިރު، 20 ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ހުރި ކުނިތައް ނަގައި ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މިދިޔަ މަހު ވިދާޅުވެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު