ވިޔަފާރި

މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފި

މުހައްމަދު އައުޒަމް

މިފްކޯގެ ރޯދަ ޕްރޮމޯޝަން ފަށައިފިއެވެ.

"ފަސްމީރު މާމީރު" ރޯދަ ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ ސީއީއޯ އިސްލާއިލް ފައުޒީ އެވެ.

މިފްކޯ އިން ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ކުރިއަށް ގެންދާ ރޯދަ ޕްރޮމޯޝަންގައި މިއަހަރު ކުރިއަށް ގެންދާނީ މިއަދުން ފެށިގެން މެއި މަހުގެ 22 މަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ "ފަސްމީރު މާމީރު" ރޯދަ ޕްރޮމޯޝަންގައި މިފްކޯގެ މަސްފިހާރަ އިން ކުރާ ކޮންމެ 200 ރުފިޔާ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަނުގައިވާ ކިއުއާރު ކޯޑު ސްކޭން ކުރުމަށްފަހު މައުލޫމާތު ފުރިހަމަ ކުރުމުން ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ އެވެ.

ޕްރޮމޯޝަންގައި ކޮންމެ ހަފުތާއަކު ވެސް ގުރުއަތުން ހޮވޭ ކޮންމެ ވެސް ދެ މީހަކަށް 5000 ރުފިޔާގެ ބީއެމްއެލް ގިފްޓު ކާޑެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަން ނިމުމަށްފަހު ޕްރޮމޯޝަންގައި ބައިވެރިވި ހުރިހާ މީހުންގެ މެދުގައި ގުރުއަތުލައި ހޮވޭ ފަރާތަކަށް 70،000 ރުފިޔާގެ ފައިސާ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.