ރ. ފައިނުގައި ކުޑަކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން ފައިނު ކައުންސިލުގެ ރައީސް އިބްރާހިމް ނާސިރު ވިދާޅުވީ، އެ ކުއްޖާ ގެއްލިގެން ހޯދަން ފަށާފައިވަނީ މިއަދު ހަވީރު 5:15 ހާއިރު ކަމަށެވެ. ކުއްޖާ ފެނިފައިވަނީ މޫދު އަޑީގައި އޮއްވައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ދެ ފޫޓު އަޑީގައި އާނުގަނޑެއް ކައިރީގައި އޮއްވައި މި ފެނުނީ،" ނާސިރު ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ފައިނު އަތިރިމަތީގައި ކުޅެން އުޅުނު ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑީގައި އޮއްވައި ފެނިގެން އެރަށު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަނިކޮށް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މަރުވެފައިވަނީ ހަތަރު އަހަރުގެ ކުއްޖެއް ކަމަށް ފުލުހުން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު