ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި މަޝްހޫރު ރެޕު އާޓިސްޓު އިސްމާއިލް އިފްހާމް (ޕެސްޓް)ގެ ބަންދަަށް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ޕެސްޓާއެކު އިތުރު ހަތަރު މީހުން ހައްޔަރުކޮށްފައިވަނީ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އޮޕަރޭޝަނެއްގައެވެ. އެ އޮޕަރޭޝަނުގައި 2.5 ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވެއެވެ.
ފުލުހުން މިއަދު ބުނީ، ރޭގެ އޮޕަރޭޝަންގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހާދީފައިވާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
"ރީތި ކުދިން ފެނި" ލަވައިން މަޝްހޫރުކަން ހޯދި ޕެސްޓަކީ ރާއްޖޭގައި މިހާތަނަށް ހުރި އެންމެ މޮޅު އެއް ރެޕް އާޓިސްޓު ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ލަވަކިޔުންތެރިއެކެވެ.
ޚަބަރު
ޚަބަރު