ދ. ހުޅުދެލި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ، ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 25 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތް ނިންމައި، މިހާރު ކުރަމުންދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 49،612 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 432 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި 337 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 252 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އަދި މަގު ބައްތި ހަރުކުރުމާއި 1،645 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހަދާނެ އެވެ.

މި މަޝްރޫއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.