ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
އެމްއެންޑީއެފުން ބުނީ ސ. ގަމުގެ ދެކުނުން 15 ނޯޓިކަލް މޭލު ބޭރުން، ބޭރުގެ މަަސް ބޯޓެއް އެމްއެންޑީއެފް ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. މި މަސް ބޯޓުގެ މައުލޫމާތު ދީފައިވަނީ އެ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު ސ. މަރަދޫ "ރަސްކުރި" ނަމަކަށް ކިޔާ މަސްދޯންޏަކުން މިއަދު 14:27 ހާއިރު ކަމަށެވެ.
މިއަދު ފެނުނު މަސްބޯޓަކީ ސްރީލަންކާގެ މަސްބޯޓެއް ކަމަށާއި މި ބޯޓު ބަލައި ފާސްކޮށް ބެލިއިރު ބޯޓުގައި ތިބީ ސްރީލަންކާގެ ފަސް ފަޅުވެރިން ކަމަށް އެމްއެމްޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިއަދު 16:25ގައި ކަމަށެވެ. މި މައްސަލަ ސަރުކާރުގެ ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން ބަލަމުން އަންނަ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު