ކޮވިޑް-19 އާއި ގުޅިގެން މޯލްޑިވިއަނުން އިންޑިއާގެ ކޮޗިން އަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލާފައި އޮތުމަށްފަހު އަލުން އަނެއްކާވެސް ފެށުމަށް ތައްޔާރުވެއްޖެ އެވެ.
މޯލްޑިވިއަނުން ކޮޗިން އަށް ދަތުރުތައް ފަށާފައިވަނީ އޮކްޓޫބަރު 2019ގަ އެވެ.
މޯލްޑިވިއަނުން ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހަފުތާއަކު ތިން ދުވަހު ދަތުރުތައް ބާއްވާނެ ކަމަށެެވެ. އެގޮތުން ކޮންމެ ހަފްތާއަކު ހޯމަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ދަތުރުތައް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.
ޓިކެޓު ވިއްކާނެ އަގެއް މޯލްޑިވިއަނުން ހާމަކޮށްފައި ނުވާއިރު ކޮޗިންގެ ދަތުރުގައި ކޮންމެ މީހަކަށް 30 ކިލޯ ލަގެޖް އެލަވަންސަށް ލިބޭނެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު