ރާއްޖޭގައި މަނީ ޗޭންޖަރުންގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކުގެ އަހަރީ ފީ، ޕޭމަންޓް ޕޯޓަލުން ދެއްކޭނެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

މަރުކަޒީ ބޭންކުން ބުނީ، އިއްޔެ އިން ފެށިގެން މިއަހަރަށް ދައްކަން ޖެހޭ މަނީޗޭންޖަރުންގެ އަހަރީ ފީ އެ އޮތޯރިޓީއަށް ޕޭމަންޓް ޕޯޓަލް މެދުވެރިކޮށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެހެންކަމުން މަނީޗޭންޖަރުކަމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން އަންނަ މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެމްއެމްއޭ ޕޯޓަލް މެދުވެރިކޮށް އަހަރީ ފީ ދައްކައި ނިންމުމަށް އެ އޮތޯރިޓީން އެދެ އެވެ.

ރާއްޖޭގައި މަނީޗޭންޖަރުންގެ ގޮތުގައި 300 އަށްވުރެ ގިނަ ފަރާތްތަކުން ހަރަކާތްތެރިވެ އެވެ.