ގެއްލިގެންދިޔަ ވަގުތުތަކަށްފަހު ބާރު ދުވެލީގައި ރާއްޖެ ކާމިޔާބު ކުރިމަގަކާ ދިމާއަށްދާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މާލޭ ކުޅިވަރު އެކުވެނި ވެލި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށް، އެ ޓްރެކް ރަސްމީކޮށް ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ އަނެއްކާވެސް ފެނިގެން މިދިޔައީ އިންޑީއާ ސަރުކާރުގެ ދީލަތި އެހީތެރިކަމެއް ކަމަށެވެ.
"މިއަހަރު މިފެށުނީ ރަނގަޅު ފިޔަވަޅެއްގައި. މާލޭ ކުޅިވަރު އެކުވެންޏަކީ ފިޓްނަސްއާއި ކަސްރަތުގެ މައި ތަނުގެ ގޮތުގައި އޮންނަތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެއްޖެ. ސިއްހީ ލައިފްސަޓައިލްތައް ކުރިއަރައިގެން ދިޔަ ނަމަވެސް، އެކުވެނި ޓްރެކަށް ޒަމާނީ ބަދަލުތައް ގެނެވިފައެއް ނުވޭ. ނަމަވެސް ގެއްލިގެންދިޔަ އެވަގުތުތައް ގޮސް، މިތަނުގައި ހުރެ އުފަލާއެކު ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މިހާރު މިދެވެނީ ކާމިޔާބު ކުރިމަގަކާ ދިމާއަށޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ފިޓްނަސް އާއި ކަސްރަތު ޕްރޮމޯޓުކުރުމަކީ މި ސަރުކާރުން މުހިންމު އިސްކަމެއް ދެމުން އަންނަ ކަމެއް ކަމަށާއި މި ޕްރޮޖެކްޓާއެކު ހުރިހާ އުމުރުފުރައެއްގެ ދިވެހިން ދުޅަހެޔޮ، ސިއްހީ ލައިފްސްޓައިލަކާއެކު މިކަން ކުރިއަށްއޮތް ޖީލުތަކަށް ވެސް ގެންގޮސްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
"ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި އެތުލީޓުން ތަމްރީނުކުރުމަށް ވެސް މި ޕްރޮޖެކްޓު ބޮޑު އެހީއަކަށް ވެގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މާލޭ ކުޅިވަރު އެކުވެނި ވެލި ޓްރެކް، ސިންތެޓިކް ޓްރެކަކަށް ބަދަލުކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީއާއެކުއެވެ. އެކަމަށްޓަކައި މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދު ވަނީ އިންޑިއާގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ.
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު