ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކާޑު ލިމިޓަށް އަނެއްކާ ވެސް ބަދަލު ގެނެސް، އަދަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކް ނޫސްބަޔާނެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބީއެމްއެލްގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ފޭކް ނޫސްބަޔާނާ ގުޅިގެން އެ ބޭންކުން ބުނީ، ބޭންކުން ދޫކޮށްފައިވާ ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަށް ބަދަލު ގެނައުމާ ގުޅޭގޮތުން ބޭންކުން ރަސްމީކޮށް މައުލޫމާތު ހާމަކޮށްފައި ނުވާނެއެވެ. ބީއެމްއެލްގެ ނިންމާ ނިންމުންތަކާ ގުޅޭ މައުލޫމާތު އަބަދުވެސް ކަސްޓަމަރުންނާ ހިއްސާކުރަމުންދާނެ ކަމަށް އެ ބޭންކުން ބުންޏެވެ.
ދައުރުކުރަމުންދާ ފޭކް ނޫސްބަޔާނުގައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ބީއެމްއެލްއިން ރާއްޖެއަށް ދީފައިވާ ލިމިޓު 150 ޑޮލަރަށް ދަށް ކުރަން ނިންމާފައިވާ ކަމަށެވެ.
ރާއްޖޭގެ އިގުތިސޯދަށް އައި ހީނަރުކަމާއެކު ރާއްޖޭގެ ބޭންކް ސިސްޓަމްގެ ތެރެއަށް ޑޮލަރު މަދުވެފައިވާތީ، ބީއެމްއެލުން މީގެ ކުރިން ވަނީ ޑޮލަރު ލިމިޓު މަހެއްގެ މައްޗަށް 250 ޑޮލަރަށް ދަށްކޮށްފައެވެ. ނަމަވެސް ބޭރުގައި އުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް 750 ޑޮލަރުގެ މުއާމަލާތް ކުރެވެއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވެސް ވަނީ ކާޑުތަކުން ބޭރުގައި މުއާމަލާތްކުރެވޭ ލިމިޓް 100 ޑޮލަރަށް ދަށްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު