ސަރުކާރު ބަދަލު ވަންދެން ޓްރަމްޕްގެ ފޭސްބުކް އެކައުންޓް ބްލޮކް ކުރުމަށް ނިންމައިފިއެވެ.
އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގައި ހަމަނުޖެހުން ހިންގަމުންދިޔަ މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުން ވީޑިއޯ ބަސްދީގަތުމެއް ޓްރަމްޕްގެ ފޭސްބުކްގައި ޝާއިއު ކުރުމުން ފޭސްބުކުން ވަނީ ޓްރަމްޕްގެ އެކައުންޓް 24 ގަޑިއިރަށް ބްލޮކް ކޮށްފައެވެ.
ފޭސްބުކްގެ ވެރިޔާ މާކް ޒަކަބާގް ފޭސްބުކް މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ވާގޮތުން ޓްރަމްޕްގެ އެކައުންޓް ދޫކޮށްލުން ވާނީ ނުރައްކާތެރިކަމަކަށެވެ.
ޒަކަބާގް ވަނީ ފޭސްބުކް މެދުވެރިކޮށް ޓްރަމްޕްގެ ސަބަބުން އިތުރަށް ހަމަނުޖެހުން ހިންގުމަށް މަގުފަހިވެދާނެކަމަށް ބެލެވޭ ކަމަށާއި އެކަމުގެ ނުރަނގަޅު އަސަރު އާންމުނަށް ކުރާނެކަމަށް ވެސް ބެލެވޭ ކަމަށެވެ. އެހެން ކަމުން ޓްރަމްޕްގެ އެކައުންޓް އިތުރު ދެ ހަފުތާއަށް ބްލޮކް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ