އެސްޓީއޯއިން ސީޑީއީ ކޮންސަލްޓެންޓިންއާ ގުޅިގެން ރާއްޖޭގެ ބޭންކިން ނިޒާމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމުގެ ބޭނުމުގައި ކުރިއަށްގެންދާ މާކެޓް ސާވޭގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ މަހުގެ ދިހަވަނަ ދުވަހު ފެށި މި ސާވޭގެ މުއްދަތު މިހާރު ވަނީ މިމަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

ފޯން ކޯލްގެ ޒަރީއާއިންނާއި ވަކިވަކި ފަރުދުންނާ ބައްދަލުކޮށްގެން ކުރިއަށްގެންދާ މި ސާވޭގައި މައުލޫމާތު ނަގާނީ 20 އަހަރާއި 39 އަހަރާ ދެމެދުގެ އުމުރުފުރާނެ މީހުންގެ ފަރާތުންނެވެ. އެސްޓީއޯއިން ބުނީ، މި ސާވޭގެ ތެރެއިން އެއްވެސް މީހެއްގެ ބޭންކް އެކައުންޓް އަދި ކޭޝް ކާޑު ނަންބަރުގެ ތަފްސީލާ ބެހޭގޮތުން ސުވާލު ނުކުރާނެ ކަމަށެވެ.

  • 7861848
  • 7908589
  • 7819893
  • 7819974
  • 7217136
  • 7217047
  • 7217082
  • 7217120
  • 7217520
  • 7862160
  • 7762193

އެ ސާވޭއާ ބެހޭ އިތުރު މައުލޫމާތު އެކުންފުނީގެ ކޮންސަލްޓަންޓް 1422 ނުވަތަ ސީޑިއީ ކޮންސަލްޓިންގެ ފޯން ނަންބަރު 3312514 އަށް ގުޅުމަށް އެސްޓީއޯއިން އެދެއެވެ.