ޚަބަރު

މިފްކޯގެ ފަސްމީރު ބްރޭންޑުގެ މަސްދަޅުގެ އަގު ހެޔޮކޮށްފި

މިފްކޯއިން ވިއްކާ "ފަސްމީރު" ބްރޭންޑުގެ މަސްދަޅުގެ އަގު ހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މަސްދަޅު ވިއްކާ އަގު ހެޔޮކޮށްފައިވަނީ މަސްވެރިންގެ އަތުން މަސްގަތުމަށް ގެނައި ބަދަލުގެ ސަބަބުން ކަމަށެވެ.

މި ގެނައި ބަދަލާއެކު ކުރިން 640 އަށް ވިއްކާ ތެޔޮ މަސްދަޅު ކޭހެއް މިހާރު ލިބޭނީ 575 ރުފިޔާއަށެވެ. އަދި ކުރިން 13.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއް މިހާރު ލިބޭނީ 12.25 ރުފިޔާއަށެވެ.

ކުރިން 595 ރުފިޔާއަށް ވިއްކި ފެން މަސްދަޅު ކޭހެއް މިހާރު ލިބޭނީ 530 ރުފިޔާއަށެވެ. އަދި ކުރިން ވަކިން 12.50 ރުފިޔާއަށް ވިއްކި ފެން މަސްދަޅެއް މިހާރު ލިބޭނީ 11.25 ރުފިޔާއަށެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އަބަދުވެސް ރައްޔިތުންނާއި ގާތުން ތާޒާ އަދި ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.