ޏ. ފުވައްމުލަކު ރިންގް ރޯޑު މަޝްރޫއުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

ފުވައްމުލަކު ރިންގް ރޯޑްގެ މަސައްކަތް ނިންމާލާފައިވަނީ އިއްޔެއެވެ.

މި މަޝްރޫއުގެ ދަށުން ފައިމަގުގައި ހިނގޭ ގޮތަށް 2950 މީޓަރުގެ ސަރަހައްދެއް ގާއިމުކޮށްފައިވެއެވެ. އަދި މަގުގައި ދުއްވޭ ގޮތަށް 20،650 އަކަ މީޓަރުގެ ސަރަހައްދެއް ގާއިމުކޮށްފައިވާ އިރު، 4425 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވިން ކޮންކްރީޓް ގާ އެތުރުމާއި މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށް، މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގައެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 37.19 މިލިއަން ރުފިޔާއަށެވެ.