އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 12 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.
އެމްޓީސީސީން ބުނީ ހަންޏާމީދޫ ބަނދަރު ތަރއްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ މިހާރު ހަދާފައިވާ ބަނދަރު ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، 4،645 ކިއުބިކް މީޓަރުގެ މިހާރު ހަދާފައިވާ ބަނދަރު ސަރަހައްދު ފުންކުރުމާއި 404 ކިއުބިކް މީޓަރުގެ އާ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 193 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 266 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި މަގުބައްތި ހަރުކުރުން ވެސް ހިމެނެ އެވެ.
ޖުމްލަ 32.2 މިލިއަން ރުފިޔާގެ އަގަކަށް މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ފަހުކޮޅު އެވެ.
ޚަބަރު
ޚަބަރު
ޚަބަރު